ރާއްޖޭގެ ބޮޑެތި ކަނޑުތައް
ރާއްޖޭގެ ކޮންމެ ދެއަތޮޅެއްގެ ދެމެދުގައި އޮންނަ ކަނޑަކީ އެއް އަތޮޅު އަނެއް އަތޮޅާ ވަކިކުރާ ހުރަހެކެވެ. ކަނޑަކީ އަތޮޅެއްގެ މައިފަރުން ބޭރުގައި އޮންނަ އަޑިނޭގެ ހިސާބުގެ ލޮނުގަނޑަށް ކިޔާ ނަމެކެވެ.

ދިވެހިރާއްޖެ އޮތީ އިންޑިއާ ކަނޑުގަ އެވެ. ރާއްޖޭގެ ގިނަ އަތޮޅުތައް އޮތީ ދުނިޔޭގެ ދެބައިހަމަ (އީކްއޭޓަރ) އިން އުތުރުގައެވެ. ދުނިޔޭގެ ދެބައިހަމަ (އީކްއޭޓަރ) ރާއްޖެއިން ހުރަސް ކުރަނީ ހުވަދު އަތޮޅާއި ފުވައްމުލަކާ ދެމެދުންނެވެ. ރާއްޖެއަކީ ހިކިފަސްތަނަށްވުރެ ކަނޑުގެ ސަރަޙައްދު ބޮޑު ޤައުމެކެވެ. ރާއްޖޭގެ އަތޮޅުތައް އުފެދިފައި އޮތް ގޮތުން ކޮންމެ ދެއަތޮޅެއްގެ ދެމެދުގައި ކަނޑެއް ވަނީ އުފެދިފައެވެ. މިގޮތުން ކަނޑަކީ އެއް އަތޮޅު އަނެއް އަތޮޅާ ވަކިކުރާ ހުރަހެކެވެ. ކަނޑަކީ އަތޮޅެއްގެ މައިފަރުން ބޭރުގައި އޮންނަ އަޑިނޭގެ ހިސާބުގެ ލޮނުގަނޑަށް ކިޔާ ނަމެކެވެ.
ތިރީގައިވާ ތާވަލުގައި އެވަނީ ރާއްޖޭގެ ބޮޑެތި ކަނޑުތަކެވެ.
# | ކަނޑުގެ ނަން | ކަނޑުއޮންނަތަނާއި ބޮޑުމިން
1 | އަށްޑިގްރީ ކަނޑު (މާމަލޭ ކަނޑު) | އިހަވަންދިއްޕޮޅާއި މަލިކާދެމެދުގައި (ފުޅާ 69 މޭލު)
2 | ގައްލަންދޫ ކަނޑު (އިހަވަންދޫކަނޑު) | އިހަވަންދިއްޕޮޅާއި ތިލަދުންމައްޗާ ދެމެދު. (ފުޅާ 13 މޭލު)
3 | ބަރަވެލި ކަނޑު | ށ. ނ. ރ. ބ. ޅ. މިއަތޮޅުތަކާ ދެމެދު ދެކަފިވެފައިވާ ކަނޑެއް.
4 | ކާށިދޫ ބޮޑުކަނޑު | ޅ.އަތޮޅާއި ކ.ކާށިދޫއާ ދެމެދު (ޅ.އަލިގާފަރުން ކ.ދިއްފުށި މުއްޔާދެމެދު 49 މޭލު)
5 | ކާށިދޫ ކުޑަ ކަނޑު | ކ.ކާށިދޫގެ ދެކުނުން ކ.ގާފަރުގެ ބުރުލުފަރާ ދެމެދު. 10.5 މޭލު
6 | ކަނގި ކަނޑު (ހަނިކަނޑު) | ކ.ގާފަރާ މާލެއަތޮޅު އުތުރު ބަޔާދެމެދު. 1.5 މޭލު ފުޅާ
7 | މޮރެސްބީ ޗެނެލް (ދެބުރިދޭތެރޭ ކަނޑު) | ރ. އާއި ބ. އާއި ދެމެދުގައި އޮތް 2 މޭލް ފުޅާ ކަނޑު
8 | ގޭދޮށު ކަނޑު (ބ.އާއި ފަސްދޫތެރެއާ ދޭތެރެ) | ނ.ރ. އާއި ރ.ބ. އާއި ދެމެދު އޮންނަ ހަނި އަދި ފުންކަނޑެއް. (ގެއާއިބަދިގެއާދޭތެރޭ )
9 | ވާދޫ ކަނޑު | ކ. އަތޮޅު އުތުރުބުރި އާއި ދެކުނުބުރިއާއި ދެމެދު އޮންނަ ހުރަސް ކަނޑެއް، ދިގުމިން 4 މޭލް
10 | އަލިހުރަސް ކަނޑު (ހަތަރުއަތޮޅު ދެމެދު) | މިކަނޑަކީ ވ. މ. ފ. ދ. މިހަތަރު އަތޮޅު ދެބަރިއަށް އޮންނައިރު އެ ދޭތެރޭ އޮތް ކަނޑު
11 | ފުލިދޫ ކަނޑު | ވ. އތޮޅު އުތުރުން މާލެ އަތޮޅު ދެކުނުބުރީ ދެކުނުން އޮންނަ ކަނޑެއް
13 | އަރިއަދޫ ކަނޑު | އދ. އަތޮޅާއި ފ. އަތޮލާ ދެމެދު އޮންނަ ކަނޑެއް
13 | ވައްޓަރު އުތުރު ކަނޑު | ވ. އަތޮޅާއި ވައްޓަރާއި ދެމެދުގައި އޮންނަ ކަނޑެއް
14 | ވައްޓަރު ދެކުނު ކަނޑު | ވައްޓަރާއި މ. އަތޮޅާއި ދެމެދުގައި އޮންނަ ކަނޑެއް
15 | ފުށި ކަނޑު (ހަނިކަނޑު) | ފ. އަތޮޅާއި ދ. އަތޮޅާ ދެމެދު އޮންނަ ހުރަސް ކަނޑެއް
16 | ކުޑަހުވަދޫ ކަނޑު (އަލިކަނޑު) | މ. އަތޮޅާއި ދ. އަތޮޅާދެމެދު އޮންނަ ހުރަސް ކަނޑެއް.
17 | ވޭމަޑޫ ކަނޑު (ހައްދޫ ކަނޑު) | ތ. އަތޮޅާއި ލ. އަތޮޅާދެމެދު އޮތް ހުރަސް ކަނޑެއް. މިކަނޑުގެ ބައެއް ހުވަދޫ ކަނޑުގެ ބަޔަކަށް ވޭ
18 | ހުވަދޫ ކަނޑު (ވަން އެންޑް ހާފް ޑިގްރީ ޗެނެލް) | ލ. މާމެންދޫ މުލިން ފެށިގެން ގއ. މާދިގުވަރުގެ އިރުމަތީކޮޅާ ދެމެދު 51.5 މޭލު ދިގު
19 | އައްޑޫ ކަނޑު (އިކްޓޯރިއަލް ޗެނެލް) | ގދ. ފަރެސް މުއްޔާއި ސ. އަތޮޅު ހިތަދޫ އުތުރުކޮޅުގެ ފަރާ ހަމައަށް 47 މޭލު ދިގު
20 | މުލައް ކަނޑު | މިއީ އައްޑޫ ކަނޑުގެ ބައެކެވެ. އައްޑު އަތޮޅުގެ އިރުމަތީގައި އޮންނަނީ ޏ. އަތޮޅު
މިތާވަލު އެކުލަވާލީ ދިވެހިރާއްޖޭގެ ޖިއޮގްރަފީގެ ވަނަވަރު . ޞ 39 އިން 51 އަށް ބަޔާންކޮށްފައިވާ މަޢުލޫމާތުގެ އަލީގައި.


