est. mmxxvi
ތާރީޚް ބައި ޑީޑީUncovering the Stories That Shaped Us
ޢާންމު މަޢުލޫމާތު

ރާއްޖޭގެ އަމިއްލަ މިނިވަން ވެރިކަމަށް 1660 އަހަރަށް ވުރެ ގިނަދުވަސްވެފައިވާކަން ސާބިތުވޭ!

.މީގެ އެތައް ސަތޭކަ އަހަރެއް ކުރިންވެސް، ދިވެހިންނަކީ ކަނޑުދަތުރުފަތުރުކުރާ، ދުނިޔޭގެ ބޮޑެތި ބާރުތަކުން ދަންނަ ބައެކެވެ

މުޙައްމަދު ދީދީ27 ސެޕްޓެމްބަރު 2026 · 1 މިނެޓު

އިރުމަތީ ރޫމީންގެ ރަސްގެފާނު ޖޫލިޔަން އަރިހަށްވެދުން ހިފައިގެން ކޮންސްޓޭންޓިނޯޕްލް Constantinople (ޤުސްޠަންޠީނިއްޔާ) ނުވަތަ މިހާރުގެ ތުރުކީގެ އިސްތަންބޫލަށް ދިވެހިރާއްޖޭގެ ވަފުދެއް މީލާދީން 362 ވަނަ އަހަރު، ދިޔަކަން ރޫމީންގެ ލިޔުންތެރިއެއް ކަމުގައިވާ އަމިއާނުސް މަރުސެލީނުސް Ammianus Marcellinus ގެ ލިޔުމަކުން އެނގެ އެވެ.

މީލާދީން 658މ. ވަނަ އަހަރާއި 662މ. ވަނަ އަހަރު، ދިވެހިރާއްޖޭގެ ރަސްގެފާނު ޝްރީ ބާލާދީއްތިޔަ ޗައިނާގެ ރަސްގެފާނު އަރިހަށް ހަދިޔާ ފޮނުއްވާފައިވެއެވެ. އެދުވަސްވަރު ޗައިނާގައި އޮތީ ޓޭން ދަރިކޮޅުގެ ރަސްކަމެއް.

މަސްދަރު: ލާސް ވިލްގޯން Lars Vilgon (1992). މޯލްޑިވް އޮޑް ހިސްޓްރީ

ދބތޚޤމ. (1990). ދިވެހިތާރީޚަށް އައު އަލިކަމެއް. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީމަރުކަޒު.

ގުޅުން ހުރި ލިޔުންތައް