އެޓޯލް އެންޑް އައިލޭންޑް ފޯމޭޝަން އިން ދަ މޯލްޑިވްސް
"އެޓޯލް އެންޑް އައިލޭންޑް ފޯމޭޝަން އިން ދަ މޯލްޑިވްސް" މިފޮތަކީ ދިވެހިރާއްޖޭގެ ރަށްރަށާއި އަތޮޅުތައް އުފެދިފައިވާ ގޮތާ ބެހޭ ސައިންޓިފިކް މަޢުލޫމާތު ހިމެނޭ ފޮތެކެވެ.

ދިވެހިރާއްޖޭގެ ރަށްރަށާއި އަތޮޅުތައް އުފެދިފައިވާ ގޮތާ ބެހޭގޮތުން ލިޔެފައިވާ "އެޓޯލް އެންޑް އައިލޭންޑް ފޯމޭޝަން އިން ދަ މޯލްޑިވްސް" މިފޮތުގެ މުސައްނިފުންނަކީ މުހައްމަދު ދީދީ، ޑރ އެންޑްރޭ ޑްރޮކްސްލަރ، ޑރ އާމިނަތު ޝިޔާމާ އަދި ޑރ ފާތިމަތު ޝަފީގާ އެވެ.
"އެޓޯލް އެންޑް އައިލޭންޑް ފޯމޭޝަން އިން ދަ މޯލްޑިވްސް" މިފޮތަކީ ދިވެހިރާއްޖޭގެ ރަށްރަށާއި އަތޮޅުތައް އުފެދިފައިވާ ގޮތާ ބެހޭ ސައިންޓިފިކް މަޢުލޫމާތު ހިމެނޭ ފޮތެކެވެ.
Our atolls are formed on a volcanic rock platform which was formed 53-57 million years ago! Modern atolls started forming 450 thousand years ago. Modern coral reef islands are 4 thousand years old, and some are as young as 2 thousand years old.
މިފޮތް ތައްޔާރުކޮށްފައިވަނީ ސްކޫލްތަކުގައި ޓީޗަރުންނާއި ދަރިވަރުންނަށް ވެސް ބޭނުންކުރެވޭގޮތަށެވެ. މިފޮތުގައި، އެކިއެކި ކީސްޓޭޖްތަކަށް އުނގަންނައި ދިނުމުގައި ބޭނުންކުރުމަށް ވާރކްޝީޓްތަކާއި ތަމްރީންތައް ހިމަނާފައި ވެއެވެ.
މިފޮތް، ރާއްޖޭގެ ސްކޫލްތަކުގައި ބޭނުންކުރެވޭ ފެންވަރަށް ތައްޔާރުކުރުމަށްޓަކައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ ފަންނީ މުވައްޒަފުންނާއި ސްކޫލްތަކުގައި ސޯޝަލް ސްޓަޑީޒް ކިޔަވައިދެއްވާ ބައެއް މުދައްރިސުންގެ އެހީތެރިކަން ހޯދާފައިވެއެވެ.
މިފޮތް ހިލޭ ޑައުންލޮޑް ކުރެއްވުމަށް ތިރީގައިވާ ލިންކް ނުވަތަ ކިއުއާރު ކޯޑް ބޭނުންފުޅު ކުރައްވަވާ!
Here is the SARUNA link
https://saruna.mnu.edu.mv/items/33f62d39-1bd5-432e-9c90-a0a27596b3a2


