ރާއްޖޭގެ ތާރީޚުން ކުޑަ މިންވަރެއްވެސް އެނގޭތަ؟
ދިވެހިރާއްޖޭގެ ތާރީޚް އެނގޭ މިންވަރު ބެލުން!

ތާރީޚު ނުވަތަ ހިސްޓްރީ އަކީ ދުނިޔޭގައި ހިގާފައިވާ ކަންތައްތަކާއި ހިނގަމުން އަންނަ ކަންތައްތައް ދެނެގަތުމަށް މަގުދައްކާ ޢިލްމެކެވެ. ދިވެހި ބަސްފޮތް (2011) ގައި ބަޔާންކޮށްފައިވާގޮތުގައި "ތާރީޚު" މިލަފުޒުގެ އެއް މާނައަކީ "ކަމެއް ހިގަމުން އައިގޮތް ލިޔެފައިވާ ލިޔުން ނުވަތަ ކިޔައިދީފައިވާ ކިޔައި ދިނުން" (ޞ:963). މިފަދައިން ވާރިދުވެފައިވާ ތާރީޚީ އެކިއެކި ވާހަކަތަކުގެ ޞައްޙަކަން ބެލުމަށް ބޭނުންކުރެވިދާނެ މައިގަނޑު ވަޞީލަތްތަކަކީ، ލިޔެ ބަޔާންކުރެވިފައިވާ ތަކެއްޗާއި އާސާރީ ތަރިކަ އާއި ތުންތުންމަތިން ދެކެވެމުން އަންނަ ފުލޯކު ވާހަކަ (ފޯކުލޯ) ތަކެވެ.
ދިވެއްސަކަށްވީތީ ދިވެހިރާއްޖޭގެ ތާރީޚް އެނގޭ މިންވަރު ވަޒަންކުރުމަށްޓަކާ ތިރީގައިވާ ސުވާލުތަކާ މެދު ވިސްނާލަމާތޯ؟
(1) ރާއްޖޭގެ ފުރަތަމަ އިސްލާމްވި ރަސްގެފާނުގެ ނަންފުޅަކީ ކޮބާ؟
(2) މުޙައްމަދު ތަކުރުފާނު ހަނގުރާމަ ކުރެއްވީ ކޮން ބަޔަކާ ދެކޮޅަށް؟
(3) ރާއްޖެ އިސްލާމުކުރެއްވި ބޭފުޅެއްކަމަށް ރަސްމީކޮށް ޤަބޫލުކުރާ ބޭފުޅާގެ ނަމަކީ ކޮބާ؟
(4) ޤައުމީ ދުވަސް ނިސްބަތްވަނީ ކޮން ބޭފުޅަކަށް؟
(6) ހުރަވީ ދުވަސް ނިސްބަތް ވަނީ ކޮން ބޭފުޅަކަށް؟
(5) ދިވެހި ރަސްކަން ޖުމްހޫރީ ވެރިކަމަކަށް ބަދަލުވެ އުފެދުނު ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސަކީ ކޮން ބޭފުޅެއް؟
(7) ދިވެހިރާއްޖޭގެ ޤައުމީ މަލަކީ ކޮބާ؟ އަދި ޤައުމީ ގަހަކީ ކޮބާ؟
ތިމާގެ ޤައުމުގެ ތާރީޚު ނޭގޭނަމަ ތިމާއަށް ޤައުމުގެ ޙާލަތެއްވެސް ނޭގޭނެއެވެ. ތަރައްޤީގެ މަގުގައި ޤައުމަށް ބޭނުންވަނީ ކޮންކަމެއްކަން ނުވަތަ ތިމާވެށީގެ ގޮތުން ޤައުމަށް މެދުވެރިވެފައިވަނީ ކޮންކަމެއްކަން ނޭގޭނެއެވެ. ވީމާ، ޤައުމުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތުގައި އެންމެ އެދެވޭގޮތަށް ބައިވެރިވެ މަސައްކަތް ކުރެވޭނީ ރަގަޅަށް ތާރީޚު އެނގިގެންނެވެ. ތާރީޚަކީ ޤައުމުގެ މޫނުބަލާ ލޯގަނޑެވެ.


